Monday, November 9
މޫދުވިނަ އެކްސްޕޯޓް ކުރުމުގެ މަސައްކަތަށް ކާމިޔާބުލިބުމަކީ ބޮޑުކުރިއެރުމެއް: އިކޮނޮމިކް މިނިސްޓަރ
މޫދުވިނަ އެކްސްޕޯޓް އިތުރުކުރުމަށް ކުރާމަސައްކަތްތަށް ކާމިޔާބުލިބުމަކީ ބޮޑުކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. އިއްޔެ ވަނީ ބ. ފެހެންދޫގައި މޫދު ވިނަ އެކްސްޕޯޓް ކުރުމަށް ހިންގާ ޕްރޮޖެކްޓެއް އިފްތިތާޙްކޮށްފައެވެ. އެކަމާއި ގުޅިގެން މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި މިފަދަބާވަތްތައް އުފައްދައި ރާއްޖޭގެ ބޭނުމަށާއި އެކްސްޕޯޓްއިތުރުކުރުމަށް ކުރާމަސައްކަތްތަށް ކާމިޔާބުލިބުމަކީ ވަރަށް ބޮޑުކުރިއެރުމެއްކަމަށެވެ. '"މިނިވަން ވިޔަފާރީގެ ފައިދާ ފުޅާ ދާއިރާއެއްގައި ނެގުމުގެ މުހިއްމުކަން މިއައްނަނީ ދުވަހެއްދުވަހަށް އިތުރުވަމުން. މިކަމުގައި ރޖ ޑރ.މުޢިއްޒުގެ ތަރައްޤީގެ ސިޔާސަތުތަކުގެތެރެއިން ސަރުކާރުންފޯރުކޮށްދެވޭ އެހީތެރިކަންވެސްއެއައްނަނީ ފޯރުކޮއްދެވެމުން"' މިނިސްޓަރ ސައީދު ވިދާޅުވިއެވެ. ފެހެންދޫގައި ފަށާފައިވާ މޫދުވިނަ އެކްސްޕޯޓްކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު މައްޗަށް ނެގޭނޭ ހަރުފަތެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ދެކެއެވެ. ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގެ ސިޔާސަތުގެ ދަށުން ވަޒީފާ އިތުރުވެ، އެކްސްޕޯޓް އާމްދަނީ އިތުރުވާނެ ކަމަށާއި މިއީ ކަނޑުން ބިނާކުރެވޭ އާ ދެމެހެއްޓެނެވި އިޤްތިޞާދެއްގެ ފެށުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު