Monday, November 2
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާ ހަރުދަނާ ކުރަން މަޝްވަރާކޮށްފި

މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމް، މިނިސްޓަރ އޮފް ސޯޝަލް، އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އައިޝަތު ޝިހާމް އާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވަނީ މަޝަވަރާކުރެވިފައެވެ. މީގެ އިތުރުން މިދާއިރާގެ ހެލްތު ޕްރޮފެޝަނަލްސް ނެތުމާއި، ހާއްސަކޮށް މާލެ ނޫން އެހެން ސަރަހައްދުތަކުގައި އެކަމުގެ ދަތިކަން ހުންނާތީ ހަދަންޖެހޭ އެސެސްމަންޓް ހެދުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝަވަރާކުރެވުނެވެ.

މިކަން ހައްލުކުރުމަށްޓަކައި، ޕްރައިމަރީ ހެލްތު ކެއާ (ޕީއެޗްސީ) ސިސްޓަމް މެދުވެރިކޮށް ލިބެން ހުރި ފަންނީ މީހުން ބޭނުންކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޞީއްޙީ ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރުމަށް ދެ މިނިސްޓްރީ ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދެ ވަޒީރުން ވަނީ މަޝްވަރާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު