Saturday, October 31
ދުންފަތާ ގުޅޭ ގާނޫނުތައް ތަންފީޒުކުރަން ބޮޑު އިންސްޕެކްޝަނެއް ފަށައިފި

ދުންފަތް ކޮންޓްރޯލް ކުރުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒުކުރުމުގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހެލްތު، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން އިންސްޕެކްޝަން އެއް ފަށައިފިއެވެ.

މިއަދު މާލެ ސަރަހައްދުގައި ކުރިއަށް ދިޔަ މި އިންސްޕެކްޝަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި އެޗްޕީއޭގެ އިންސްޕެކްޝަން ޓީމްގައި ފުލުހުން އަދި ކަސްޓަމްސް އިން ވަނީ ބައިވެރިވެފައެވެ.

މި އިންސްޕެކްޝަންގައި ސިގިރޭޓް ވަކިން ވިއްކުަމާއި ހުއްދަ ދެވިފައިވާ ތަންތަން ނޫން ތަންްތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ކަންކަން ހުއްޓުވުމާއި، ދުންފަތް ވިއްކުމަށް ހުއްދަ ނެގުމަށް މިހާރު ހެދިފައިވާ ޤަވާޢިދުތަކަށް މީހުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުންވެސް ހިމެނެއެވެ.

ވަކިން ސިގިރޭޓް ވިއްކުމާއި، ހުއްދަ ނުދޭ ކެފޭ ރެސްޓޯރަންޓް ތަންތަނުގައި ސިގިރޭޓް/ ޝީޝާ ބުއިމާއި ވޭޕް ބޭނުން ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ މި އިންސްޕެކްޝަން ގައި މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ހަރަކާތެރިވެ ގައިދާއި ޚިލާފަށް ސިނގިރޭޓް ވިއްކުމާއި ސިގިރޭޓް ބޯ ތަންތަނަށް ފިޔަވަޅު އަޅާނެއެވެ.

ހުރިހާ ފަރާތްތަކުން ގުޅިގެން އެންފޯސްމަންޓް ވަރުގަދަ ކުރުމަށް ކުރާ އިންސްޕެކްޝަން ރަށްރަށުގައިވެސް ކުރިއަށް ގެންދިއުަމަށް ވަނީ ނިންމާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު