Monday, November 2
ފެހެންދޫގައި މޫދުވިނަ އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމުގެ މަޝްރޫޢެއް ފަށައިފި

ބ. ފެހެންދޫގައި މޫދުވިނަ އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް އަމިއްލަ ފަރާތަކުން މަޝްރޫޢެއް ފަށައިފިއެވެ. މިއީ ރާއްޖޭގައި މިފަދަ މަސައްކަތެއް ފެށުނު ފުރަތަމަ ފަހަރެވެ.

"ފްލޯޓިން އޭކަރސް" ނަމަކަށް ކިޔާ ކުންފުންޏަކުން ފަށާފައިވާ މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ފެށުުނު މަޝްރޫއެކެވެ.

ބ. ފެހެންދޫގައި ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި މަޝްރޫޢަކީ މެރިކަލްޗަރ ސިނާޢަތް ދިވެހިންނަށް އިޤްތިޞާދީ ނަފާ ލިބޭ ސިނާޢަތަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ފެށިގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

ފްލޯޓިން އޭކަރސް ކުންފުނިން ހައްދަމުންދަނީ ކާތަކެތި ތައްޔާރުކުރުމާއި ބޭހާއި ކޮސްމެޓިކްސްގެ އެކި ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ މޫދު ވިނައިގެ ބާވަތެއް ކަމަށާއޮ ވިނަ ހިއްކުމަށްފަހު އެކްސްޕޯޓްކުރާނެކަމަށާއި، އިންޑިޔާގެ މާކެޓަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން  މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރުގެ ނައިބު މުޙައްމަދު މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަން ފާހަގަކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު