Friday, November 13
އެންދެރި ސްކޮލަރޝިޕް ހަވާލުކޮށްފި
ލ.ގަމުގައި ފަށާ ތިމާވެއްޓާއި ސައިންސާއި ބެހޭ ކޯހުގެ ދަރިވަރުންނަށް ސްކޮލަރޝިޕް މިއަދު ހަވާލުކޮށްފިއެވެ. ލ. ގަމު ކެމްޕަސްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް މިނިސްޓްރީގެ އިސްވެރިން ބައިވެރި ވަޑައިގެންނެވިއެވެ. ލ.ގަމު ކެމްޕަހުގައި ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އާއި ޤައުމީ ޔުނިވަރސިޓީއާއި ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެންދެރި ޕްރޮޖެކްޓްގެ ދަށުން ލ އަތޮޅު ދަރިވަރުންނަށް ޚާއްޞަކޮށްގެން 15 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލިއެވެ. މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީގެ އިތުރުން ސްޓައިޕެންޑް ގެ ގޮތުގައި މަހަކު 4500 ރުފިޔާ ލިބޭނެއެވެ. ކޯސް ފީ އަކީ ޖުމުލަ 29880 ރުފިޔާ އެވެ. އެންދެރި" ޕްރޮޖެކްޓް އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު