Monday, November 2
ރައީސް މުއިއްޒު ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ މުހިންމު މަޢުލޫމާތު ހިއްސާކުރެއްވުމަށް ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފައްދަވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި ވަޓްސްއެޕް ޗެނަލް މެދުވެރިކޮށް ސަރުކާރުގެ އަދާހަމަ ޚަބަރުތަކާއި މުހިންމު މަޢުލޫމާތު އަދި މެސެޖުތައް ހިއްސާ ކުރައްވާނެއެވެ. އަދި މި ޗެނަލާ ގުޅުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެއްވާފައިވެއެވެ.

https://twitter.com/MMuizzu/status/1913918405583012109?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E‎1913918405583012109%‎7Ctwgr%5Eadc3ccd29459344c49180cd5fb498e04e3b51d‎05%‎7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F156176

ރައްޔިތުންނަށް ސަރުކާރުގެ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ރައީސް މުޢިއްޒު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި "ރައްޔިތުންނާ އެކު" ގެ ނަމުގައި ހާއްސަ ޕޮޑްކާސްޓެއް ފެއްޓެވުމާއި، ރަށްރަށަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުން ހިމެނެއެވެ.

މީގެ އިތުރުން، ދައުލަތުގެ އެކި ވުޒާރާތަކުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް "އަހާ" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއްވެސް ވަނީ ފައްޓަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު