Monday, November 2
އޯ ލެވެލްގައި ބައިވެރިވި ދަރިވަރުންނަށް ކާމިޔާބަށް ނައިބުރައީސް އެދިވަޑައިގެންފި

މިއަހަރުގެ އޯލެވެލް އިމްތިޙާނު އަދި އެސްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ތަޢުލީމީ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 7971 ދަރިވަރަކު ބައިވެރިވެއެވެ. އަދި މިފަހަރުގެ އިމްތިހާނު 260 ސެންޓަރެއްގައި ކުރިއަށްދާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނެވެ. އެގޮތުން ފުރަތަމަ އިސްލާމް އަދި ދިވެހި މާއްދާ ކުރިއަށްދާނެއެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، ދަރިވަރުންނަށް ކާމިޔާބު އިމްތިހާނަކަށް އެދިވަޑައިގެން، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދަރިވަރުންގެ ތަޢުލީމީ ހަޔާތުގެ މި ދަނޑިވަޅަކީ ވަރަށް މުހިންމު ދަނޑިވަޅެއް ކަމަށެވެ. އަދި ހިތްވަރާއި ބުރަ މަސައްކަތުން އުޖާލާ މުސްތަޤުބަލެއް ދަރިވަރުންނަށް ތަނަވަސްވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދަރިވަރުން ކާމިޔާބީއަށް ކުރަމުންދާ ދަތުރުގެ ކޮންމެ ފިޔަވަޅެއްވެސް ފަސޭހަކޮށްދެއްވުމަށް އެދި ދުޢާ ދަންނަވަން،" ނައިބު ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު