Friday, November 13
އެކުއަ ކަލްޗަރކުރުމުގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރަނީ
އެކުއަކަލްޗަރކުރުމުގެ ބޭނުމަށް ސަރަހައްދުތައް ކުއްޔަށް ދޫކުރެވެގޮތަށް ހަދައިފިއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އާއްމުކޮށްފައިވާ އުސޫލުގައި ވާގޮތުން އެކުއަކަލްޗަރ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން ފަޅުރަށެއް ނުވަތަ ރަށަކާ ގުޅިފައިނުވާ ފަޅެއް ކުއްޔަށް ދިނުމުގައި ބިޑް ހުށަހެޅުމަށް އަމަލުކުރާނެ ގޮތްތަށް ވަނީ ހިމަނައިފައެވެ. އެގޮތުން ބިޑް ނުވަތަ ޕްރޮޕޯޒަލުގައި ހިމަނަންވާނެ ބައިތަކާއި ބިޑު ނުވަތަ ޕްރޮޕޯޒަލް އިވެލުއޭޓްކުރާ ކޮމިޓީއެއް އުފެއްދުމާއި ޕްރޮޕޯޒަލް އިވެލުއޭޓްކުރުމާއި އެވޯޑްކުރާނެ ގޮތްތަކުގެ ތަފްސީލް ވަނީ ހިމަނާފައެވެ. އެހެނިހެން އިސްލާހުތަކަށް ބަލާއިރު، އެކުއަކަލްޗަރ ކުރުމުގެ މަސައްކަތަށް ސަރަހައްދެއް ކުއްޔަށް ދޫކުރަންވާނީ، ކުއްޔަށް ހިފައިފަރާތާއި މިނިސްޓްރީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި، އެއްފަރާތަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެގެން ކުއްޔަށް ހިފުމާއި، ކުއްޔަށް ދޫކޮށްފައިވާ ތަނުގެ މުއްދަތު އިތުރުކުރުމާއި، ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީގެ ތަފްސީލުތައް ވެސް ވަނީ ހިމަނައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު