Saturday, October 31
އޭސީސީ އާއި ފުލުހުން އެގްރިކަލްޗަރ މިނިސްޓްރީއަށް ވަދެއްޖެ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް ވަދެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީ އާއި ފުލުހުން އެ ވުޒާރާއަށް ވަދެފައި ވަނީ 2018 އިން ފެށިގެން ބަލަމުންދާ މައްސަލައެއްގެ ތަޙުޤީޤަށެވެ. މި ދެ މުއައްސަސާއިން އެ ވުޒާރާއަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވާއިރު، މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް އަދި ނުލިބެއެވެ.

މިކަމާ ގުޅޭގޮތުން އޭސީސީން ވެސް އަދި ފުލުހުންވެސް މިހާތަނަށް ބަހެއް ބުނެފައި ނުވެއެވެ.

މީގެ ކުރިން ފިޝަރީސް މިނިސްޓްރީގެ ދަށުން ހިންގަމުން އައި އެގްރިކަލްޗަރ މިނިސްޓްރީ ވަކި ވުޒާރާއަކަށް ބަދަލުކުރެވިގެން ދިޔައީ މި ސަރުކާރުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު