Monday, November 9
ޖީއެސްޓީ ނުދައްކާ 146 ފަރާތެއްގެ ނަން މީރާއިން އާއްމުކޮށްފި
މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފިއެވެ. މީރާއިން އާއްމުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި ހަމައަށް، ޓެކްސް ދައްކަން ޖެހޭ މުއްދަތުގައި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތަކެެވެ. އެގޮތުން ޖުމްލަ 146 ފަރާތެއްގެ ނަން މީރާއިން ވަނީ ހާމަކޮށްފައެވެ. މިއީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުދައްކާ ފަރާތްތަކެވެ. އަދި މީރާއިން ނަން އާންމުކޮށްފައިވާ ފަރާތްތަކަކީ ދައްކަން ޖެހޭ ޓެކުހުގެ އަދަދު 600،000 އަށް ވުރެ މަތި ފަރާތްތަކެވެ. މި ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ ސީދާ އަދަދެއް މީރާއިން ހާމަކޮށްފައެއް ނުވެއެވެ. ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން މީރާއިން އާއްމުކުރި ލިސްޓުގައި ރާއްޖޭގައި ވިޔަފާރި ކުރާ މަޝްހޫރު ވިޔަފާރިތައް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު