Friday, November 13
މެރިއަޓް އިން 32 ކުދިން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފި
މެރިއަޓް އިންޓަރނޭޝަނަލް އިން 32 ކުދިން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމައިފިއެވެ. މެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސް އެޕްރެންޓިސްޝިޕް ޕްރޮގްރާމް 32 ދަރިވަރަކު ނިންމާ ދަސްވެނިވެއްޖެއެވެ. މި ދަރިވަރުންނަށް ސެޓްފިކެޓު ހަވާލުކުރުމަށް ބޭއްވި ޙާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮރމޭޝަން އެންޑް އަރޓްސް އިބްރާހީމް ވަހީދު އެވެ. ޔޫތު މިނިސްޓްރީ އާއި ެރިއަޓް އިންޓަރނޭޝަނަލް މޯލްޑިވްސްއާއި ގުޅިގެން ކުރިއަށްގެންގޮސްފައިވާ މި ޕްރޮގްރާމަކީ ވަޒީފާގެ މާޙައުލުގައި މަސައްކަތްތައް އަދާކުރުމުގައި ތަޖުރިބާކާރުންގެ ފަރާތުން ތަމްރީނާއި ތަޖުރިބާ ޒުވާނުންނަށް ހޯދައިދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންގޮސްފައިވާ ޕްރޮގުރާމެކެވެ. މިއަހަރުގެ މި ޕްރޮގްރާމު 32 ޒުވާނަކު ވަނީ ފުރިހަމަކޮށްފައެވެ. ޔޫތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ފާއިތުވި 10 މަސްދުވަހުގެތެރޭގައި މި ދަރިވަރުންނަށް ޢަމަލީ ސެޝަންތަކެއްގެ އިތުރުން ތިއަރީ ސެޝަންތަކެއްވެސް ވަނީ ފުރިހަމަކޮށްފައެވެ. މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ ޤަބޫލުކުރާ ފެންވަރުގެ ލެވެލް 3 ގެ ސެޓްފިކެޓެއް މި ތަމްރީން ފުރިހަމަކޮށްފައިވާ ޒުވާނުންނަށް މިހާރު ދީފައިވަކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު