Saturday, October 31
ސިއްރުން އެތެރެކުރަން އުޅުނު އެއް ލައްކައަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ 130،155 ސިނގިރޭޓެވެ. މި ތަކެތި އަތުލައިގެންފައިވަނީ އިއްޔެއެވެ. ކަސްޓަމްސް އިން ހާމަކުރާ ގޮތުގައި މިއީ ގަން އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަތް ތަކެއްޗެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ގަވާއިދުގެ ދަށުން ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރެވޭނ،ީ ހެލްތު މިނިސްޓްރީން ދޫކުރާ ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމުގެ ލައިސަންސާއި ދުންފަތުގެ ބާވަތްތައް ރ-ީ އެކްސްޕޯޓްކުރުމުގެ ލައިސަންސް ނުވަތަ ދުންފަތުގެ ބާވަތްތައް ގަނޑުކޮށް ނުވަތަ ވަކިން ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު