ބިދޭސީ ރައްޔިތަކު އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި އިޢުލާންކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޯޓިސްގައިވާ ގޮތުން އެ މުއައްސަސާއަށް ހާޒިރުކުރުމަށް ބޭނުންވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިމާމް ޝެއިޚް (42 އ) އެވެ. ނަމަވެސް އޭނާ ހޯދަމުންދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެ މުއައްސަސާއިން ހާމައެއް ނުކުރެއެވެ.
Notice to appear ⚠️ pic.twitter.com/EM3NfmCMeP
— Maldives Immigration (@ImmigrationMV) April 20, 2025
އިމިގްރޭޝަނުން ވަނީ ފަސް ދުވަހުގެ ތެރޭގައި މ. ސްޓާ ކްލައުޑްގައި ހުންނަ އެ އިދާރާގެ ރިސްކް މެނޭޖްމަންޓް ސެކްޝަނަށް ހާޒިރުވުމަށް އޭނާއަށް އަންގައިފައެވެ.
އަދި އެމީހާ ހުރިތަނަކާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ، އިމިގްރޭޝަންގެ ނަންބަރު 9199017 އަށް ފޯނުން ގުޅައި ނުވަތަ [email protected] އަށް އީމެއިލްކުރުމަށް އެ މުއައްސަސާއިން ވަނީ އެދިފައެވެ.
މި ލިޔުން ކިޔާލުމުން