Saturday, October 31
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގައި އެންމެ ވަރުގަދަ ހަތިޔާރަކީ ތަޢުލީމު: އާތިފް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމުގައި އެންމެ ވަރުގަދަ ހަތިޔާރަކީ ތަޢުލީމު ކަމުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕުރޮގުރާމުގައި ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދެވިއްޖެނަމަ، ދިރިއުޅުމުގައި ދިމާވާ ގިނަ ހުރަސްތައް އެފަރާތްތަކަށް ފަސޭހަ ކަމާއެކު ކަޑައްތު ކުރެވޭނެ ކަމަށެވެ.

މީގެ މިސާލު ދައްކަވަމުން، އާތިފް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގައި މާސްޓާސް ޑިގްރީ ހާސިލުކުރެއްވި ހުސައިން ޝަރީފް ހޯދެއްވި ކާމިޔާބީ ފާހަގަކުރައްވައި އެކަމަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން، އާތިފް ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީއެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ވެސް މި ޕްލޭންގައި ހިމެނިގެންވާ ވަރަށް މުހިންމު އެއް ދާއިރާ ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހުނަރުވެރި ޤާބިލު ފަރާތްތައް ތިބިކަންވެސް އާތިފް ވަނީ ފާހަގަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު