Monday, November 9
ވެކޭޝަންސް އެކްސްޕޯ 2025 ފަށައިފި

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ 2025 ފަށައިފިއެވެ.

17 އޭޕްރީލުން 25 އޭޕްރީލުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑ އެންވަޔަރަމަންޓު ތޯރިގު އިބްރާހިމް އެވެ.

މި އެކްސްޕޯއަކީ ރާއްޖޭގައި އަދި ރާއްޖޭން ބޭރުގައިވެސް ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް އަގުހުރި މައުލޫމާތު ތަކެއް ލިބިގެންދާނެ އިވެންޓެކެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ޓްރެވަލް ޕެކޭޖުތަކުގެ މައުލޫމާތުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ދަތުރުކުރުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް މި އެކްސްޕޯއިން ލިބިގެންދާނެއެވެ. މިއަހަރުގެ އެކްސްޕޯގައި އެކި ދާއިރާތަކުން 40 ފަރާތަކުން ބައިވެރިވެފައި ވެއެވެ.

  • މިއަހަރުގެ އެކްސްޕޯގައި ބައިވެރިވެފައިވާ ދާއިރާތަކަކީ:
  • ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް
  • އެއާލައިންތައް
  • ޓްރެވަލް އެޖެންޓުން
  • ސަރުކާރުގެ އިދާރާތައް
  • ބޭރުގެ ގައުމުތަކުގެ އެމްބަސީތައް
  • މޫދު ކުޅިވަރުގެ ވިޔަފާރިތައް
  • ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މި އެކްސްޕޯ ސްޕޮންސަރ ކޮށްފައިވަނީ އޭސް ޓްރެވަލްސް އިންނެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖަސް މޯލްޑިވްސް އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު