Saturday, October 31
މަސްހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމްކޮށްލައިފި
ހދ. ކުޅުދުއްފުށީ ކައިރި ސަރަހައްދަކަށް، މަސްހިފުމަށް ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަހަމުކޮށްލައިފި އެވެ. މިހާދިސާ ހިނގީ މިއަދު ހެނދުނު 7 ޖަހާކަންހާއިރު ކަމަށްވެ އެވެ. އަދި މި ހާދިސާގައި ޒަހަމްވެފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މިޔަރު ހަމަލާދިނުމުގެ ސަބަބުން ކޮނޑަށް ކޮންމެ ވެސް ވަރެއްގެ ޒަހަމުތަކެއް ލިބިފައިވާ ކަމަށެވެ.

އޭނާއަށް ލިބުނު ޒަހަމުތަކަށް ފަރުވާދީ ލޭ މަނާކުރެވިފައިވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އަދި އޭނާގެ ހާލަތު މިހާރު ރަނގަޅު ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު