Saturday, October 31
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު އަންހެން މީހާއަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

މާލޭގެ ހެންވޭރު ސަރަހައްދުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 7:23 ގައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ އަންހެން މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ގައެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު