Saturday, October 31
ސުވަރުގެއާއި ނަރަކައަށް ވައްދާނެ މީހުން އިޢުލާން ކުރުމަކީ ދެންތިބި ސިޔާސީ ބޭފުޅުންނަށްވެސް ހުރި ލަދެއް: ވަޒީރު ރާފިޢު
ސުވަރުގެއާއި ނަރަކައަށް ވައްދާނެ މީހުން އިޢުލާން ކުރުމަކީ ދެންތިބި ސިޔާސީ ބޭފުޅުންނަށްވެސް ހުރި ލަދެއް ކަމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން އެ ޕޯސްޓުގައި ވަޒީރު ވިދާޅުވީ ހަސަދަވެރިކަން މިހާ ގަދަވިޔަސް، ގިޔާމަތްދުވަސް އައުމުގެ ކުރިން، ސުވަރުގެއަށް އަދި ނަރަކައަށް ވައްދާނެ މީހުން ކަނޑައަޅައި، އިޢުލާންކުރުމަކީ ދެންތިބި ސިޔާސީ ބޭފުޅުންނަށްވެސް ހުރި ލަދުވެތި ކަމެއް ކަމަށެވެ. "މާތް الله އަޅަމެން އެންމެނަށް ހެޔޮ ރަހުމަތް ލައްވާށި! އާމީން"، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން، ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު، ރައީސް ޑރ. މުޢިއްޒަށް އަމާޒުކޮށް ދެއްކި ވާހަކައާ ގުޅިގެންނެވެ. މިހާރު ދައުރުވަމުންދާ ވީޑިއޯގައި ޑރ. ޖަމީލް ވިދާޅުވަނީ މަކަރު ހަދާ މީހުންގެ މައްޗަށް ﷲ ސުވަރުގެ ހަރާން ކުރައްވާނެ ކަމަށް ހަދީސްގައި އަންގަވާފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު