Saturday, October 31
ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގާނެ ފަރާތެއް ހޯދަނީ

ގއ. ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގާނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކޮނޑޭގައި ޤައުމީ ފެންވަރުގައި ފުޑް ސެކިއުރިޓީ ޕުރޮގުރާމެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެ ވުޒާރާއިން އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތުން މި ޕުރޮގުރާމު ހިންގުމަށް ކޮނޑޭ އިން 15،086.80 އަކަފޫޓުގެ ބިމެއް ވަނީ ކަނޑައަޅައިފައެވެ. މި ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 35 އަހަރަށް ކަމަށާއި، ފުރަތަމަ ފަސް އަހަރު ބިމު ކުލީގެ ގޮތުގައި ދައްކަންޖެހޭނީ ކޮންމެ އަކަފޫޓަކަށް 10 ލާރީގެ ރޭޓުން ކަމަށާއި، ކޮންމެ ފަސް އަހަރަކުން ބިމުގެ ކުލި %20 އިތުރުވާނެ ކަމަށާއި، ގްރޭސް ޕީރިއަޑެއްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 18 މަސް ދުވަސް ލިބޭނެ ކަމަށްވެސް ކަރުދާހުގައި ބުނެފައިވެއެވެ.

މި ޕުރޮގުރާމު ހިންގުމަށް ދޫކުރާ ބިމުގައި އަމިއްލަ ފަރާތްތަކުގެ ރުއްގަސް އެބަހުރި ކަމަށާއި، ޕުރޮގުރާމުގެ ބޭނުމަށް އެއްވެސް ރުކެއް ކަނޑާނަމަ، އޭގެ ބަދަލު ރުކުގެ ވެރި ފަރާތަށް ދޭންޖެހޭނެ ކަމަށްވެސް އެ ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.

އެ ވުޒާރާއިން ހާމަކުރާ ގޮތުގައި މި ޕުރޮގުރާމުގެ މަޤުޞަދުތަކުގެ ތެރޭގައި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އަމިއްލައަށް ކާނާ އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމާއި، ބޭރު ޤައުމުތަކުން އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވުން ކުޑަކުރުމާއި، އިޤުތިޞާދުގައި ހިއްސާވާ މީހުން އިތުރުކުރުމާއި، ކާބޯތަކެތީގެ ދުޅަހެޔޮކަން އިތުރުކުރުން ހިމެނެއެވެ.

މި ޕުރޮގުރާމު ހިންގުމަށް އެދި ހުށަހެޅުމުގެ މުއްދަތު އެޕްރީލް 30 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު