Saturday, October 31
ހުޅުދުއްފާރުގައި މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފި

ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފިއެވެ. މި މުނާސަބަތާ ގުޅިގެން އެ ރަށުގައި ވަނީ ރޭ ޚާއްޞަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ.

ވަޒީރު ހުޅުދުއްފާރަށް އިއްޔެ ވަޑައިގަތުމުން، ހުޅުދުއްފާރުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ. އެ މަނިކުފާނު ހުޅުދުއްފާރަށް ކުރެއްވި މި ދަތުރުފުޅުގައި ރޭ ވަނީ ހުޅުދުއްފާރުގެ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ސިޓީތަކާ ބެހޭ ވުޒާރާގެ ބައެއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓަރތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި އެ ވުޒާރާގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު