Monday, November 2
މޯލްޑިވިއަނަށް 25 އަަހަރުފުރުމާ ގުޅިގެން ގިވްއަވޭއެއް ފަށައިފި

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް 25 އަހަރު ފުރުމާ ގުޅިގެން ހިންގާ ހަރަކާތްތަކުގެ ތެރެއިން ސޯޝަލް މީޑިއާ މެދުވެރިކޮށް މައި އިނާމެއްގެ ގޮތުގައި ޝެންހާއި ޑިޒްނީލޭންޑުގެ ދަތުރެއް ހިމެނޭހެން ފަސް އިނާމު ހިމެނޭ ބޮޑު ގިވްއަވޭއެއް ފަށައިފިއެވެ.

އައިލެންޑު އޭވިއޭޝަނުން ހިންގާ މި ގިވްއަވޭގައި އެންމެ މަތީ އިނާމުގެ ގޮތުގައި ދެ މީހަކަށް ޝެންހާއި ޑިޒްނީލޭންޑުގެ ދަތުރެއް ހަމަޖައްސާފައިވާއިރު، ދެވަނަ އިނާމުގެ ގޮތުގައި ޗައިނާގެ ދެކޮޅު ޓިކެޓެއް ހަމަޖައްސާފައިވެ އެވެ. އަދި ތިންވަނަ އިނާމުގެ ގޮތުގައި މި މަހުގެ 27 އާއި 30 އާ ދެމެދު މެލޭޝިއާ އަށް ކުރާ ހާއްސަ ދަތުރުގެ ދެކޮޅު ޓިކެޓެއް ދޭން ހަމަޖައްސާފައިވެ އެވެ.

މީގެ އިތުރުން، ހަތަރުވަނަ އިނާމުގެ ގޮތުގައި އިންޑިއާގެ ކޮޗިން ނުވަތަ ޗެންނާއީގެ ދެކޮޅު ޓިކެޓެއް ހަމަޖައްސާފައިވާއިރު، ފަސްވަނަ އިނާމުގެ ގޮތުގައި ރާއްޖޭގެ އެތެރޭގެ ބޭނުން މަންޒިލަކަށް ދިއުމަށް ބޭނުންވާ ދެކޮޅު ޓިކެޓެއް ހިމަނާފައިވެ އެވެ.

https://twitter.com/MaldivianAero/status/1911475095413109100?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E‎1911475095413109100%‎7Ctwgr%5E5c43dc5d53b84d2a4f9c9c3e395bd4ee8806c8d‎3%‎7Ctwcon%5Es1_&ref_url=https%3A%2F%2Fmihaaru.com%2Fbusiness%2F144631

މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ބައިވެރިވެވޭނީ މޯލްޑިވިއަންގެ ފޭސްބުކް، ޓުވިޓާ އަދި އިންސްޓަގްރާމް ޕޭޖު ފޮލޯކޮށް، ގިވްއަވޭ ޕޯސްޓަށް ތިން ރަށްޓެހިން ޓެގުކޮށް "Maldivian25Years#" ހޭޝްޓެގު ކޮމެންޓު ކުރުމުންނެވެ.

މޯލްޑިވިއަންގެ މި ގިވްއަވޭ ޕޯސްޓު އެ ކުންފުނީގެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު