ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ މަގުމަތީ ހިނގާލުން މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:15 ގައެވެ. މާލޭގެ މައިގަނޑު މަގުތަކުން ކުރިއަށްދާ މި ހިނގާލުމުގައި ފަސް ސަރަހައްދެއްގައި ސިފައިންގެ ލަޝްކަރު މަޑުކޮށް، އަސްކަރީ ބޭންޑުގެ ޚާއްޞަ ޕާފޯމަންސްތައް ހުށަހަޅާނެއެވެ.
ލަޝްކަރު ހުއްޓޭ ސަރަހައްދުތަކުގެ ތެރޭގައި އަމީރު އަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމަތި ހިމެނެއެވެ.
މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ. މި ހިނގާލުމުގައި ދިވެހި ސިފައިންގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ރައްޔިތުންނަށް ދައްކުވައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޚާއްޞަ ހަރަކާތެކެވެ.
މި ލިޔުން ކިޔާލުމުން