މައިކު އަތުޖެހުމުން ހޭބުއްދި ފިލައިދަނީ ކަމަށާއި ސިޔާސީޕާޓީ ހިންގުމުގެ ނަމުގައި ދިވެހި ގައުމަށާއި އާއިލާތަކަށް، ޕީއެންއެފުން ފުރައްސާރަ ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރުސަޢީދު މިފަދައިން ވިދާޅުވެފައިވަނީ ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި، ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލާއި، ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ރޭގެ ޖަލްސާގައި ޖަމީލް ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒަށް ސުވަރުގެ ޙަރާމްވާނެ ކަމަށެވެ. އަދި ޝައުކަތު ވިދާޅުވެފައިވަނީ ރައީސް ޑރ މުޢިއްޒު މަރުވާނެ ނަމައޭ ހިތަށް އަރާ ކަމަށް މީހަކު ބުނި ކަމަށެވެ.
https://twitter.com/em_saeed/status/1913177799537594847?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1913177799537594847%7Ctwgr%5Ec5faf833338a79b9faccc1c68b5bfc39bb2918da%7Ctwcon%5Es1_&ref_url=https%3A%2F%2Fvoice.mv%2F39698
މި ވާހަކަތަކަށް ރައްދު ދެއްވަމުން ސަޢީދު ވިދާޅުވީ، 2007 ވަނަ އަހަރުވެސް ޖަމީލްގެ ފަރާތުން ފެނިގެންދިޔައީ މިފަދަ މަންޒަރެއް ކަމަށާއި، 17 އަހަރު ފަހުންވެސް މި ފެންނަނީ ހަމަ އެ މަންޒަރު ކަމަށެވެ. އަދި މައިކު އަތުޖެހުމުން "ދުނިޔެ ރަންވެ" ހޭބުއްދި ލުހި، އަނބިދަރީންނާއި ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަ ކަމަށް ވިދާޅުވިއެވެ.
ސަޢީދު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަކީ ހަރުދަނާ، މަޑުމައިތިރި އަދި ރީތި އަޚްލާޤުގެ ވެރިއެއް ކަމަށެވެ. އަދި ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަންކަން ކާމިޔާބުވަމުންދާތީ ރައްޔިތުންގެ ލޯބި އިތުރުވަމުންދާ ކަމަށެވެ.
މީގެއިތުރުން ވަޒީރު ސަޢީދު ވިދާޅުވީ، މިފަދަ ކަންކަމަކީ ކިޔަވައިގެން ތިބި ޒުވާނުންނާއި ތަހުޒީބު މުސްލިމް ރައްޔިތުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ.






