Monday, November 2
މާލެ އަތޮޅުގެ ރިސޯޓަކުން ކިނބުލެއް ފެނިއްޖެ

މާލެ އަތޮޅު މަޑިވަރުގައި ހިންގާ ވަރު ބައި އެޓްމޮސްފިއަރ ރިސޯޓުގެ ވޯޓަރވިލާތައް ކައިރިން ކިނބުލެއް ފެނިއްޖެއެވެ. މި ކިނބޫ ފެނުމާ ގުޅިގެން ދިވެހި ސިފައިން މިހާރުދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ގާތްގަނޑަކަށް ހައެއްކަ ފޫޓުގެ ކިނބުލެއް ރިސޯޓުގެ ވޯޓަރވިލާތަކާ ދިމާ ބޭރު ހިލަތޮށިގަނޑުމަތީ ހަރަކާތްތެރިވަމުން ދާމަންޒަރެވެ. މާލެއިން 40 މިނެޓުގެ ދަތުރެއްގައި ދެވޭ މި ރިސޯޓުން ކިނބޫ ފެނުމުގެ ހަބަރު ރިޕޯޓުކުރުމާ ގުޅިގެން ސިފައިން ވަނީ އެ ސަރަހައްދަށް އަވަސްވެގަނެފައެވެ.

އެމްއެންޑީއެފްގެ ފަރާތުން މައުލޫމާތު ދެއްވިގޮތުގައި، ކިނބޫ ހިފުމުގެ މަސައްކަތް ސިފައިން މިހާރު ފަށާފައިވިޔަސް، އަދި ކިނބޫ ހިފިފައެއް ނުވެއެވެ.

ރާއްޖޭގެ އެކި ރަށްރަށުން ވެސް މީގެ ކުރިން ކިނބޫ ފެނިފައިވެއެވެ. އާއްމުކޮށް މި ބާވަތުގެ ކިނބިތައް ފެންނަނީ ވަކި ދުވަސްވަރެއްގައެވެ. ނަމަވެސް، ރާއްޖޭގައި މިހާތަނަށް، ކިނބުލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް ރެކޯޑު ކުރެވިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު