Monday, November 16
އައްޑޫގައި ޤާއިމްކުރާ ފުލުހުންގެ ސަރަހައްދީ ހެޑްކުއާޓަރުގައި މޭވާ ގަސް އިންދައިފި

އައްޑޫ ސިޓީ ފޭދޫގައި ގާއިމުކުރާ ރީޖަނަލް ހެޑްކުއާޓާސްގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި، އައްޑޫ ސިޓީގައި މަސައްކަތްކުރާ އެހެނިހެން ފުލުހުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މޭވާ ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގައި ފުލުހުން ގާއިމުވެތިބި ހުރިހާ ސަރަހައްދެއްގައި މޭވާ ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވާފައިވާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު