Monday, November 2
އައިޔޫއެމް އަކީ ޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއްކުރާ ޢިލްމީ ބިނާއެއް: ޑރ. ޝަހީމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އަކީ މިޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއްކުރާ ޢިލްމީ ބިނާއެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، މިއަދުގެ ސަރުކާރުން، ޚާއްސަކޮށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޔުނިވަރސިޓީގެ ކުރިއެރުމަށް ޚާއްސަ އައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.

އެގޮތުން އައިޔޫއެމްގެ ކަންކަން ފަހިކޮށް ޔުނިވަރސިޓީގެ މުސްތަޤުބަލަށާއި، ދިމާވާ ކަންކަން ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމީ ޔުނިވަރސީޓީގެ ރިސާލަތަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދިފާޢުކޮށް އިސްލާމީ މަކާރިމުލް އަޚްލާގު ޜާއްޖޭގައި ދަމަހައްޓައި، އިސްލާމީ އަޤީދާ ހިމާޔަތްކޮށް، އެ އަޤީދާ އެހެން މީހުންނަށް އުނގަންނައިދުނުމުގެ މަސްޢޫލިއްޔަތު ކަމަށްވާއިރު، އެ ޔުނިވަރސިޓީ ހިމާޔަތްކޮށް ދެމެހެއްޓުމަކީ މުހިންމު ކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އަދި އިސްލާމީ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުން އަމަލީ މައިދާނުގައިވެސް މިކަންކަން ދައްކައި ސާބިތުކޮށްދިނުމަކީ މުހިންމު ކަމެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު