ހުޅުމާލޭގެ އިރުމަތީ ބޭރުން ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
ދިފާޢީ ވުޒާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2025 އޭޕްރީލް 20 އިން 24 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށް ކަމަށެވެ.
އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން