Monday, November 16
ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ތިބެވޭނީ އާސާރުތައް ހިމާޔަތްކޮށްގެން: ރައީސް
ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ތިބެވޭނީ އާސާރުތައް ހިމާޔަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ރައީސް ވިދާޅުވީ ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށެވެ. އަދި ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދަކީ ދުނިޔޭގެ ތަރިކައިގެ ދުވަހެވެ. މިއީ ކޮންމެ އަހަރެއްގެ ވެސް އެޕްރީލް މަހުގެ 18 ވަނަ ދުވަހު ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަމުންދާ ދުވަހެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު