Monday, November 2
ގަން އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވި މައްސަލަ ހައްލުވެއްޖެ: ވަޒީރު

ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަގު ހެދުމުގައި ދިމާވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައިކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެދުމަށް ހަމަޖެހިފައިވާ މަގުގެ މަސައްކަތަށް ހުރަސްއެޅިފައިވާ އިކުއޭޓަރ ވިލެޖްގެ ލޭބަރ ކުއާޓަރ ސަރަހައްދުގެ މައްސަލައާމެދު ކަމާބެހޭ ހުރިހާ ފަރާތަކާއެކު މަޝްވަރާކުރެވި، މައްސަލަ ހައްލުވެފައިވާކަން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކޮމްޕެނީން ވުޒާރާއަށް އަންގަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް އޭއައިއޭގެ މެނޭޖްމަންޓުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި ކަމާގުޅޭ އެހެން ފަރާތްތަކާ ގުޅިގެން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ވަޒީރު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މައްސަލަ ހައްލުކުރުމުގައި އައްޑޫގެ ރައްޔިތުން ދެއްވި އެއްބާރުލުންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

https://twitter.com/muththo/status/1912866802167865576?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E‎1912866802167865576%‎7Ctwgr%5Eb90f437b01abbf35489cd928c118313c7ee8f‎197%‎7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F156017

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގައެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މިއީ އިންޑިއާ އެގްޒިމް ބެންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދާ 28.5 މިލިއަން ޑޮލަރުގެ މަޝްރޫޢެކެވެ.

މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ މާރިޗު މަހާ ހަމައަށް ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، އެއަރޕޯޓުގެ ވަށައިގެންވާ ރިންގް ރޯޑުގެ މަސައްކަތާއި ޓަރމިނަލްގެ މަސައްކަތް އަދިވެސް ނުނިމި ވެއެވެ. ނަމަވެސް މިހާރު މަގު ހެދުމުގެ މައްސަލަ ހައްލުވެފައިވުމާއެކު، އެއްބަސްވުމާ އެއްގޮތަށް މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު