Monday, November 2
މަޑުލު ވަޙީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވައިފި

ދިވެހިބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވުމާ ގުޅިގެން، އެ މަނިކުފާނުގެ ހަނދާނުގައި ބާއްވާ ތަޢުޒިޔާގެ ދަފްތަރު މިއަދު ދިވެހިބަހުގެ އެކެޑަމީގައި ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތުދޭ ގޮތުގައި، ތަޢުޒިޔާގެ ދަފްތަރުގައި ޝުޢޫރު ފާޅުކުރެއްވުމަށް ހުޅުވާލެވިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށް ދަފްތަރުގައި ސޮއިކުރެއްވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މަހުގެ މިދިޔަ އާދީއްތަ ދުވަހު އަވަހާރަވި މަޑުލު މުޙައްމަދު ވަޙީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެކެޑަމީގެ މުޝީރެކެވެ. އެ މަނިކުފާނަކީ 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާއަށް މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

މަޑުލު މުޙައްމަދު ވަޙީދުގެ އަގުހުރި ޚިދުމަތްތަކަށް ބައްލަވައި، 2019 ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވިއެވެ. މީގެއިތުރުން، 2018 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަމާއި، ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރުމަތިން ހާސިލުކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު