Saturday, October 31
ދިވެހިން ނުލިބުމުން ގިނަ އަދަދެއްގެ ބޭރު ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ

ދިވެހި ޑޮކްޓަރުންނާއި ނަރުހުން ނުލިބޭ ރަށްރަށް ބޭނުންވާ ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުން އަދި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ހެލްތުު މިނިސްޓްރީން އިއުލާން ކޮށްފައިވަނީ 70 ނަރުހުން އަދި  40 ބިދޭސީ ޑޮކްޓަރުން ހޯދުމަށެވެ. އިއުލާންކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ހެލްތު ސެންޓަރުތަކާއި ސިއްޚީ މަރުކަޒުތަކަށް ބޭނުންވާ ޑޮކްޓަރުން ހޯދުމަށް ކަމަށެވެ.

ބިދޭސީ ޑޮކްޓަރުން ހޯދުމަށް އިއުލާންކުރަނީ ދިވެހި ޑޮކްޓަރުން ހޯދުމަށް އިއުލާންކޮށް ނުލިބުމުންކަމަށްވެސްހެލްތު މިނިސްްޓްރީން މައުލޫމާތުދެއެވެ. މިއީ މިހާރު އަލަށް ހަމަޖެހިފައި ހުރި ވަޒީފާތަކަށް ނަގާ މީހުންނެވެ.

މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި ބިދޭސީ ޑޮކްޓަރުން ރެކްރޫޓް ކުރުމުގެ ކަންކަން ކޮންމެ ތިންމަހުން ކުރިއަށް ގެންދާ ކަމަށެވެ. އެއީ މީހަކު ކެނޑިގެން ދިއުމުން، ޞިއްޚީ ޚިދުމަތްދޭ ތަނަކަށް ވީހާވެސް އަވަހަށް ޑޮކްޓަރުން ހަމަޖައްސުމަށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން މިއަހަރުގެ ފެބުރުއަރީ މަހު ވެސް 50 ޑޮކްޓަރުން ހޯދަން އިއުލާންކުރިއެވެ.

މި މަޤާމްތަކަށް މުސާރައާއި، ލިވިންގ އެލަވަންސް، ފުޑް އެލަވަންސް އަދި ސަރިވސް އެލަވަންސް ލިބޭނެއެވެ.

މި މަޤާމްތަކަށް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު