Friday, November 13
މާލެ ސިޓީ ކައުންސިލުން 50 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފި

މަސައްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ ސްކޮލަރޝިޕްގެ ޖުމްލަ 50 ފުރުޞަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މިއީ ސްޓްރޯންގް ސިޓީޒް ނެޓްވޯކް ގެ އޭޝިއާ ޕެސިފިކް ރީޖަން އިން މާލެ ސިޓީ ކައުންސިލް ދީފައިވާ ފުރުޞަތު ތަކެކެވެ.

ތަމްރީނުގެ ފުރުޞަތުތައް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި ޞީއްހީ ދާއިރާ، ޝޯޝަލް ސަރވިސް، ކޮންސްޓްރަކްޝަން އަދި އިންޖިނިއަރިން، އައިޓީ ދާއިރާ އަދި ޓޫރިޒަމް ދާއިރާފަދަ ދާއިރާތައް ހިމެނެއެވެ.

ޕާކިސްޓަނުގައި ކުރިއަށް ދާ މި ތަމްރީން ކުރިއަށް ދަނީ 12 ހަފްތާ އާއި 24 ހަފްތާގެ މުއްދަތަކަށެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ކޯހުގެ ބައިވެރިންނަށް މާލެ- ޕާކިސްތާން ދަތުރު ޚަރަދު، ހުރުމާއި ކެއުން އަދި ކޯސް ފީ ހަމަޖެހޭނެ ކަމަށެވެ.

ކޯސްތަކަށް ހުށައަޅާ ފަރާތްތަކުގެތެރެއިން މީހުން ޝޯޓްލިސްޓް ކުރެވޭނީ ޝަރުޠުތަކަށް ބަލައިގެން ކޯސްތަކަށް ލިބިފައިހުންނަ އެޕްލިކޭޝަންތަކަށް ބަލައި،6  ކެޓަގަރީއަށް ބައިވެރީން ނެގޭނެ ގޮތަށް ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

50 މީހުންގެ ލިސްޓު ފައިނަލް ކުރާނީ ކައުންސިލް އިން އެކުލަވާލާ ކޮމިޓީން އެންމެ މަތިން މާކުސް ލިބޭ ފަރާތްތައް ބަލައިގެންނެވެ.

މިގޮތުން ހޮވޭ ނަންތައް 25 އޭޕްރީލް 2025 ގެ ކުރިން ސްކޮލަރޝިޕްތައް ދޭ ފަރާތަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު