Saturday, October 31
ދުންފަތުން ދުރުވުމަށް 500 އެއްހާ މީހުން ފަރުވާ ހޯދައިފި

ދުންފަތާ ދުރުވުމަށް މިދިޔަ އަހަރުން ފެށިގެން މިއަހަރު މާރޗް މަހުގެ ނިޔަލަށް ފަސް ސަތޭކަ އެއް ހާ މީހުން ފަރުވާ ހޯދާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް 492 މީހަކު ވަނީ ޓޮބޭކޯ ސެޒޭޝަން ފަރުވާ ހޯދާފައެވެ.

ފަރުވާ ހޯދާފައިވާ ތަންތަން:

  • އައިޖީއެމްެޗުން 288
  • ހުޅުމާލޭ ހޮސްޕިޓަލް 110
  • ދަމަނަވެށި 74
  • އޭޑީކޭ 20

މީގެ ތެރޭގައި މިއަހަރު 287 މީހަކު ވަނީ ޓޮބޭކޯ ސެޒޭޝަންގެ ފަރުވާ ހޯދާފައެވެ. އެގޮތުން މިއަހަރު ގެ ޖެނުއަރީ މަހު 170 މީހުން، ފެބުރުއަރީ މަހު 75 އަދި މާރޗް މަހުގެ ތެރޭގައި 42 މީހަކު ވަނީ ފަރުވާހޯދާފައެވެ.

މާލޭގެ އިތުރުން މި ޓޮބޭކޯ ސެޒޭޝަންގެ ފަރުވާ ރާއްޖޭގެ ހުރިހާ ހެލްތު ފެސިލިޓީއަކުން ލިބެންހުންނާނެއެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށްފައެވެ. މީގެ އިތުރުން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ޖެނޭރޭޝަން ބޭން ކަނޑައެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު