Friday, November 13
ވިލިމާލޭގެ ގިރާ ސަރަޙައްދު ގައި ޖަމްބޯ ބޭގް ޖަހަން ފަށައިފި
ވިލިމާލޭގެ ގިރާ ސަރަޙައްދު ގައި ޖަމްބޯ ބޭގް ޖަހަން ފަށައިފި ވިލިމާލޭގެ ގިރަމުންދާ ސަރަޙައްދު ހިމާޔަތްކުރުމަށް އެސަރަހައްދުގައި ޖަމްބޯ ބޭގް ޖަހަން ފަށައިފިއެވެ. މިމަސައްކަތްކުރަނީ ސިޓީ ކައުންސިލުން އެދިގެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އެހީތެރިކަމާއި އެކުގައެވެ. މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭ ގޮނޑުދޮށް ގިރަމުންދާތީ އެސަރަހައްދުގައި ހުރި ގަސްތައް ވެއްޓުމުގެ ބިރު އޮތުމާއެކު އެކަން ކޮންސްޓްރަކްޝަން މިނިސްޓަރާއި ހިއްސާކުރެއްވިކަމަށެވެ. މިއާއެކު ވަގުތުން އެކަމަށް އިޖާބަ ދެއްވާ ދެގަޑިއެއްހާއިރު ތެރޭގައި ގިރަމުންދާ ސަރަޙައްދުގައި ޖަމްބޯ ބޭގް ޖެހުމުގެ މަސައްކަތް ފައްޓަވާދެއްވިކަމަށް އޭނާ ވިދާޅުވިއެވެ. މިމަސައްކަތް ކުރަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. އަރީޝް ވިދާޅުވީ ވިލިމާލޭގެ އިރުއުތުރު އަދި އިރުދެކުނު ސަރަޙައްދުގެ ގޮނޑުދޮށް ގިރަމުންދާކަމަށާއި މިހާތަނަށް ގަސްތަކެއް ވެއްޓިފައި ނުވާކަމަށެވެ. އެހެންނަމަވެސް މިދުވަސްވަރު އެސަރަޙައްދު ގިރަމުންދާގޮތުން ގަސްތައް ވެއްޓުމުގެ ބިރު އޮތްކަމަށެވެ. އެހެންކަމުން މިފަދަކަމެއް ކުރިމަތިވުމުގެ ކުރިން ވަޒީރު ޑރ.މުއްޠަލިބުގެ ސަމާލުކަމަށް ގެންނެވީކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު