އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތައް ނިމުމަކަށް ގެނައުން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވިގެންދާނެ. މިގޮތުން ދާއިމީ 3 ބުރި މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީގައި އަންނަ މަހު ފަހުކޮޅު ހުޅުވިގެންދާނެ. އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތައް ނިމުމަކަށް ގެނައުން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 17, 2025
މިގޮތުން ވަޒީރު ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވިގެންދާނެ ކަމަށެވެ. މިގޮތުން ދާއިމީ 3 ބުރި މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީގައި އަންނަ މަހު ފަހުކޮޅު ހުޅުވިގެންދާނެ ކަމަށާއި، އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތައް ނިމުމަކަށް ގެނައުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވިއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 3،000 މީހުންގެ ޖާގައިގެ މިސްކިތެއް ތަރައްޤީކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ވަނީ އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މީގެ އިތުރުންވެސް ސަރުކާރުން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި އައު މިސްކިތްތައް ތަރައްޤީކުރުމާއި، މިސްކިތްތައް މަރާމާތުކޮށް އާބާތުރަފިލުވުމުގެ މަސައްކަތްތައް ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން