މިގޮތުން ވަޒީރު ވިދާޅުވީ، ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި، އަޑު އުފުލުމާއި، އެހީތެރިވުމާއި އަމަލީ ގޮތުން ކުރެވެންހުރި ކަންކަން ކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޢިއްޒު ގެންދަވަނީ ޝުކުރު ޙައްޤު މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. "މާތް ﷲ ބަރަކާތް ލައްވާށި. އާމީން"، ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ޑރ. ޝަހީމް މިހެން ވިދާޅުވިއިރު، ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު ރައީސް ޑރ. މުޢިއްޒު ވަނީ ތަސްދީޤުކުރައްވައިފައެވެ. މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ. ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންގެ ޙައްޤުގައި، އަޑު އުފުލުމާއި، އެހީތެރިވުމާއި އަމަލީ ގޮތުން ކުރެވެންހުރި ކަންކަން ކުރެއްވުމުގައި އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ މުޢިއްޒު @MMuizzu ގެންދަވަނީ ޝުކުރު ޙައްޤު މަސައްކަތްތަކެއް ކުރައްވަމުން. މާތް ﷲ ބަރަކާތް ލައްވާށި. އާމީން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 16, 2025

ފަލަސްޠީނުގެ ޙައްޤުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވަނީ ޝުކުރު ޙައްޤު މަސައްކަތެއް ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ލިޔުން ކިޔާލުމުން





