Saturday, October 31
އާރުޑީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން އިހަވަންދޫ "ކާފަ މާމަ މައިޒާން" ތަރައްޤީކުރުމަށް އެހީވަނީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑިސީ) ގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހއ. އިހަވަންދޫ "ކާފަ މާމަ މައިޒާން" ތަރައްޤީކުރުމަށް އެހީތެރިވަމުންދާ ކަމުގައި އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިގޮތުން އާރުޑީސީން ބުނީ އެ ކޯޕަރޭޝަންގެ އިޖުތިމާޢީ ޒިންމާގެ ދަށުން އިހަވަންދޫގެ "ކާފާ މާމަ މައިޒާން" ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކޮންކްރީޓް ކީ ވޯލް އެޅުމާއި، ދުވާރުގެ މަސައްކަތް އަދި އެ ސަރަޙައްދު ސާފުކޮށް ލެވެލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އާރުޑީސީން ދަނީ އިހަވަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މި މަޝްރޫޢުގެ %40 މިހާރު ނިމިފައިވާއިރު، މިއީ 102.85 މިލިއަން ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު