އަންނަ މޭ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ މި މައުރަޒުގައި ހުރިހާ އުމުރުފުރައެއްގެ ފަރާތްތަކަށް އަމާޒުކޮށްގެން ޚާއްޞަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
Calling all performers!
Showcase your talent at the Entertainment District of Maldives Expo 2025 – from bands and dance crews to magicians and comedians.Submit your interest now:
(https://t.co/hhhhtXHVQN) #MaldivesExpo2025 #EntertainmentDistrict pic.twitter.com/yxjKeti21D— Expo Maldives (@mv_expo) April 15, 2025
މިގޮތުން މި މަޢުރަޒުގައި މުނިފޫހިފިލުވުމަށް ބޭންޑުތަކާއި ޑާންސް ކްރޫތަކުން ފެށިގެން މެޖިކް ދައްކާ ހުނަރުވެރިންނާއި ކޮމީޑިއަނުން ފަދަ އެކި ދާއިރާތަކުގެ ހުނަރުވެރިންނާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އެ މަޢުރަޒުގައި ތަކެތި ބައިވެރި ކުރުމުގެ މުއްދަތުވެސް ވަނީ މި މަހުގެ 25 ގެ ނިޔަލަށް އިތުރުކޮށްފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން މައުރަޒުގައި ބައިވެރިވާ ފަރާތްތަކުން ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މި ލިޔުން ކިޔާލުމުން