Monday, November 2
ތުރުކީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ: ވަޒީރު

ތުރުކީވިލާތުގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިވެ، އަމިއްލަ އުފެއްދުންތައް ވިއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިޤްތިޞާދީ ވަޒީރު ސަޢީދު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއެކު، އެގައުމުގެ ވިޔަފާރިވެރިންނާއި ތުރުކީވިލާތުގައި ޤާއިމްވެފައިވާ ބައިނަލްއަޤުވާމީ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވެފައިވަނީ މި ބައްދަލުވުންތަކުގެ ސަބަބުން އިންވެސްޓްމެންޓާއި ވިޔަފާރީގެ ފުރުޞަތުތައް ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށެވެ.

ތުރުކީގެ ފޮރިން އިކޮނޮމިކް ރިލޭޝަންސް ބޯޑް (ޑީއީއައިކޭ)އިން އިންތިޒާމްކޮށްގެން ބޭއްވި މި ބައްދަލުވުން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދެވީ އެބޯޑުގެ ޗެއަރމަނާއި ތުރުކީ-އޭޝިއާ ޕެސިފިކް ބިޒްނަސް ކައުންސިލްގެ ރައީސް ނާއިލް އޮލްޕަކެވެ. މި ބައްދަލުވުމުގައި ތުރުކީގެ އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިން ބައިވެރިވެވަޑައިގެން، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުން ބަދަހިކުރުމާއި ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެ، ކުރިއަށް އޮތްތާނގައިވެސް މިފަދަ ބައްދަލުވުންތައް ބޭއްވިގެންދިއުމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވި ޤައުމަކީވެސް ތުރުކީވިލާތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު