ހއ. ތުރާކުނުގައި އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި މިވަގުތު ކުރިއަށްދަނީ ނަމާދު ކުރާ ހޯލުގެ ރޫފް ބީމް އަދި ލެވެލް ތިނެއްގެ ސްލެބަށް ޝަޓަރިންގ އަދި ބާ ބެންޑިންގެ މަސައްކަތްތަކެވެ. މި މިސްކިތަކީ އެއްފަހަރާ 300 މީހުންނަށް އިބާދަތްކުރެވޭ ވަރުގެ ޖާގައިގެ މިސްކިތެކެވެ.
ތުރާކުނު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެމްޓީސީސީ އާ ހަވާލުކުރީ 4 ސެޕްޓެންބަރު 2023 ގައެވެ. 300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމުގެ މަޝްރޫޢުގެ ޖުމުލަ އަގަކީ 10,384,214.35ރ. އެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ކުރެހުންތަކަށް ބަލާއިރު، މިއީ ޒަމާނީ ވައްޓަފާޅިއަށް އިސްލާމީ ވަންތަ ސިފަތައް އެކުލެވޭ ގޮތަށް ޑިޒައިންކޮށްފައިވާ ޗާލު މިސްކިތެކެވެ. މި މިސްކިތް ނިމުމުން ތުރާކުނުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އިބާދަތްކުރެވޭނެ ތަނަވަސް ޖާގައެއް ލިބިގެންދާނެއެވެ.
މި ލިޔުން ކިޔާލުމުން