Friday, November 13
ހުޅުމާލެ ފޭސް ދޭއްގައި މިސްކިތެއް އިމާރާތް ކުރަން ހަވާލުކޮށްފި
ހުޅުމާލެ ފޭސް 2 ގައި 3000 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމަށް  ހަވާލުކޮށްފިއެވެ. ހެޔޮއެދެ ފަރާތެއްގެ އެހީތެރިކަމުގައި އިމާރާތްކުރާ މި މިސްކިތުގެ ކޮންޓްރެކްޓަރުވެސް ހަމަޖައްސާނީ މިސްކިތް އިމާރާތްކޮށްދޭ ފަރާތުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިސްކިތް އިމާރާތް ކުރަނީ 18720.79 އަކަފޫޓުގެ ބިމެއްގަ އެވެ. ބިން ހަވާލުކުރާތާ ދެ އަހަރު ތެރޭ މަސައްކަތް ނިްމާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ މި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވޭނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު