Saturday, October 31
ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ވަކިން ސިގިރޭޓް ވިއްކުމާއި ސިގިރޭޓް ބުއިމަށް ހުއްދަ ނެތް ތަންތަނުގައި ސިގިރޭޓް ބުއިމުގެ ކަންކަން ހުއްޓުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރުގަދަ ކުރުމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް އަދި މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ  އަލީ އިހްސާން މަޝަވަރާކުރައްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ތަންފީޒީ އިދާރާތައް ކަމަށްވާ، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވސް ކަސްޓަމްސް ސަރވިސް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ޤާނޫނު ތަންފީޒުކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކަންތަތައްތަކެއް ކުރުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އިސްވެރިން، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާވެސް ބައިވެރިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ވަނީ ވަކިން ސިގިރޭޓް ވިއްކުމާއި، ހުއްދަ ނުދޭ ކެފޭ ރެސްޓޯރަންޓް ތަންތަނުގައި ސިގިރޭޓް/ ޝީޝާ ބުއިމާއި ވޭޕް ބޭނުން ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝަވަރާކޮށްފައެވެ.

ހުރިހާ ފަރާތްތަކުން މި ބައްދަވުމުގައި ވަނީ އެންމެން ގުޅިގެން އެންފޯސްމަންޓް ވަރުގަދަ ކުރުމަށް މަސަައްކަތްތަކެއް ކުރުމަށް އެއްބަސްވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު