މާލޭގައި ހިންގި މާރާމާރީއެއްގައި ނޭޕާލް މީހަކު ޒަޚަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ މާލޭ ކުރިކީލަ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓު ރޭ 11:58 ހާއިރު ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ ނޭޕާލްގެ ފިރިހެނަކަށް ކަމުގައި ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން