Friday, November 13
ލ. ގަމުގައި ފަށާ ތިމާވެއްޓާއި ސައިންސް ކޯހުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ލ.ގަމުގައި ފަށާ ތިމާވެއްޓާއި ސައިންސާއި ބެހޭ ކޯހުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ލ.ގަމު ކެމްޕަހުގައި ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ހިންގުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އާއި ޤައުމީ ޔުނިވަރސިޓީއާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް  ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުހަންމަދު ޒާހިރު އެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ. މިއެއްބަސްވުމުގެ ދަށުން ލ.ގަމުގެ އެމްއެންޔޫ ކެމްޕަހުގައި، ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް ކޯސް ހިންގުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުންވަނީ ސްޕޮންސަރކޮށްފައެވެ. އެންދެރި ޕްރޮޖެކްޓްގެ ދަށުން މިކޯހަށް ސްޕޮންސަރޝިޕް ފޯރުކޮށް ދޭނެއެވެ. އެންދެރި ޕްރޮޖެކްޓްގެ ދަށުން ލ އަތޮޅު ދަރިވަރުންނަށް ޚާއްޞަކޮށްގެން 15 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލިއެވެ. މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ކޯސްފީގެ އިތުރުން ސްޓައިޕެންޑް ގެ ގޮތުގައި މަހަކު 4500 ރުފިޔާ ލިބޭނެއެވެ. ކޯސް ފީ އަކީ ޖުމުލަ 29880 ރުފިޔާ އެވެ. އެންދެރި" ޕްރޮޖެކްޓް އަކީ ރާއްޖޭގެ ރަށްރަށުގެ ޤުދުރަތީ ރައުސުލްމާލު ވަޒަންކޮށް، މިވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނޭގޮތްތައް ކަނޑައަޅައި، މިވަސީލަތްތަކުގެ މައްޗަށް ބަރޯސާވެފައިވާ ސިނާއަތްތަކާއި އާންމު ރައްޔިތުން މިކަންކަމަށް ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ މަޝްރޫޢެކެވެ. މި ޕްރޮޖެކްޓްގެދަށުން ހަވާލުކުރާ ފުރަތަމަ އެހީ ލ.އަތޮޅުގެ 9 ރަށަކަށް ވަނީ ދީފައެވެ. މީގެތެރޭގައި ދަނޑުވެރިކަން ކުރުމާއި، ދަނޑުތަކުން އުފައްދާ ތަކެތި މާކެޓްކުރުމަށް އެހީވުމާއި، ރާއްޖޭގެ ތިމާވެށީގެ ޙާލަތާއި ގުޅޭ ރިޕޯޓް ތައްޔާރުކުރުމާއި، ސްކޫލް ފެންވަރުގައި ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު