Monday, November 2
ގއ. ކޮލަމާފުށީ ބިން ހިއްކުމުގެ މަސައްކަތުގެ 63 އިންސައްތަ ނިމިއްޖެ

ގއ. ކޮލަމާފުށީގައި ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫޢުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.

41.04 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރިއަށްދަނީ 284,145 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމުގެ މަސައްކަތެވެ. މީގެ އިތުރުން 823 މީޓަރުގެ ސަރަހައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ހިމެނެއެވެ.

އެމްޓީސީސީން ދެއްވި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ ޕްރޮޖެކްޓް ސައިޓު މޮބިލައިޒް ކުރުމަށްފަހުގައެވެ.

ކޮލަމާފުށީގައި ކުރިއަށްދާ މި މަޝްރޫޢަކީ ރަށުގެ ބިން ބޮޑުކޮށް، އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު