Monday, November 2
މިނިސްޓަރ ޙައިދަރު ލަގްޒަމްބާރގްގެ ލޭބަރ މިނިސްޓަރާ ބައްދަލުކުރައްވައިފި

މަތީތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު، ލަގްޒަމްބާރގގެ މިނިސްޓަރ އޮފް ލޭބަރ، ހިޒް އެކްސެލެންސީ، ޖޯރޖް މީޝޯއާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ ލަގްޒަމްބާރގގައި ކުރިއަށްދާ "ގްލޯބަލް ގަވަރމަންޓް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށް ޑރ. ޢަލީ ހައިދަރު ކުރެއްވި ދަތުރުފުޅުގައެވެ.

މި ބައްދަލުވުމުގައި، ދެ ދަޢުލަތުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ދެ ފަރާތުގެ މަސްލަހަތު ހިމެނޭހެން ގުޅިގެން އެކި މަސައްކަތްތަށް ކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ. ޚާއްޞަކޮށް، ތަޢުލީމީ ދާއިރާގައި ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް ވަނީ އެއްބަސްވެވިފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި:

1. ދިވެހި ދަރިވަރުންނަށް ސްޓޫޑަންޓް އެކްސްޗޭންޖް ޕްރޮގްރާމްތަކުގައި ބައިވެރިވެ، ލަގްޒަމްބާރގގައި މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ހުޅުވާލުން.

2. ލަގްޒަމްބާރގގެ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ރިސޯޓްތަކުގައި ތަމްރީނު ހާޞިލުކޮށް، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން.

ޑރ. ޢަލީ ހައިދަރު ވިދާޅުވީ، "މިފަދަ ބައްދަލުވުންތަކަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތު ފަހިކޮއްދިނުމުގެ އިތުރުން ދިވެހިރާއްޖެއިން ފޯރުކޮއްދޭ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުންތަކެއް" ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު