ވައްކަން ކުރި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެޗްއާރުސީއެމް ން މިފަދަ އިލްތިމާސެއް ކޮށްފައިވަނީ ކ. މާފުށީގައި ވައްކަން ކުރި މީހެއްގެ މުޅި ގަޔަށް ދަވާދު އަޅާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާ ވަގުތެއްގައެވެ، މި ވީޑިއޯގައި ފެންނަނީ މާފުށީ ފިހާރައަކުން 17 ބޮޑު ދަޅު ކޮފީ ވަގަށް ނެގި މީހެއް ކަމަށްވެއެވެ.
އެޗްއާރުސީއެމް އިންން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުކުރަމުން ގެންދާތީ، އެފަދަ ނާތަހުޒީބު އަދި ލާއިންސާނީ ޢަމަލުތައް ފެންނަ ވީޑިއޯތައް އާންމު ނުކުރުމަށާއި، އެފަދަ ޢަމަލުތަކަށް ހިތްވަރު ލިބޭ ޒާތުގެ ކަންކަން ނުކުރުމަށް ކަމަށެވެ.
މީގެއިތުރުން، އެޗްއާރުސީއެމް އިން ވަނީ މިފަދަ ހާލަތްތަކުގައި އެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ މައްސަލަތައް ކަމާގުޅުންހުރި އިދާރާތަކުން ވީހާވެސް އަވަހަށް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.
"އެއްވެސް ފަރުދެއް އަނެކާގެ އިންސާނީ ޙައްޤާއި އިންސާނީ ކަރާމާތަށް އަރައިނުގަތުމަށާއި، ޖިނާއީ ނުވަތަ މަދަނީ ނުވަތަ އެނޫންވެސް މައްސަލަތަކުގައި ސުލްޙަމަސަލަސްކަން އިސްކުރުމަށާއި، ޤާނޫނީ އިމުގެ ތެރެއިން ޙައްލު ހޯދުމަށް އެންމެހާ ފަރާތްތަކަށް މި ކޮމިޝަނުން އިލްތިމާސް ކުރަން," އެޗްއާރުސީން ބުންޏެވެ.
މި ލިޔުން ކިޔާލުމުން