Friday, November 13
މިފްކޯއިން ޗައިނާއާއެކު ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކޮށްފި
މިފްކޯއިން ޗައިނާއާއެކު ވިޔަފާރީގެ ފުރުޞަތުތަ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝަވަރާތައް ކުރިއަށް ދިޔައީ ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް ފުޑްސްޓަފްސް އެންޑް ނެޓިވް ޕްރޮޑަކްޓްސް (ސީއެފްއެންއޭ) ގެ ޓީމުން މިފްކޯގެ މެނޭޖްމަންޓް ޓީމާ ބައްދަލުކޮށް ކުރި މަޝަވަރާގައެވެ. މި ބައްދަލުވުމުގައި މިފްކޯގެ އޮޕަރޭޝަންތައް ހިނގާގޮތް ތަޢާރަފްކުރުމާއި، ޗައިނާއާއެކު ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭގޮތުން ވަނީ މަޝަވަރާކޮށްފައެވެ. ޗައިނާގެ ޓީމުން ވަނީ މިފްކޯ މަސްފިހާރައަށް ގޮސް އެތަނުގައި ހުރި މަހުގެ އުފެއްދުންތައް ބަލާ އޭގެ މައުލޫމާތު އޮޅުންފިލުވާފައެވެ. ސީއެފްއެންއޭ އިން ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ ބާވަތްތަކާއި، ތެލާއި، ކާބޯތަކެތީ ގެ ހިދުމަތްތަކާއި، އެއާ ގުޅުންހުރި ހަރަކާތްތައް ކޯޑިނޭޓްކޮށް ރެގިއުލޭޓްކުރުންހިމެނެއެވެ. ޗައިނާ ޗެމްބަރ އޮފް ކޮމާސް އޮފް އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ފުޑްސްޓަފްސް، ނެޓިވް ޕްރޮޑަކްޓްސް (ސީއެފްއެންއޭ) އުފެދުނީ 1988 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު