މާލޭގެ ހަނި ގޯޅިތަކުގައި މަގު ބައްތި ޖަހައި އަލިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ހާމަކުރާ ގޮތުގައި މިއީ ހަނި ގޯޅިތަކުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ، ރައްކާތެރި މާހައުލެއް ޤާއިމްކޮދިނުމަށް އެ ގޯޅިތައް އަލިކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ ޚާއްސަ ޓީމެއް ނަގައިގެން ފެށި މި މަސައްކަތް މުޅިން ނިންމާލެވޭ އިރު، މަގު ބައްތި ޖެހުމުގެ އިތުރުން އެ ގޯޅިތަކުގައި ހަލާކުވެފައިވާ ޕޭވްމަންޓުތައް ހަދައި މަގުގައި ގައުތައް އައުކޮށް މަރާމާތު ކުރުން ހިމެނޭ ކަމަށެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ، އުފާވެރި ހިތްހަމަޖެހޭ މާޙައުލެއް ހޯދައި ދިނުމަށް ސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ވެސް މި ފަދަ ބައެއް ކަންކަން ކުރައްވަފައެވެ. މީގެ ތެރޭގައި ޕާކުތަކުގެ އާބާތުރަ ފިލުވައި މާލޭގެ މަގުތަކުން ކުނި ނަގައި، ވާރޭ ވެހި ފެން ހިދުމުން ވެސް ބައެއް މަގުތަކުގައި ފެން ނުހިދި އޮންނަ ސަރަޙައްދުތައް ރަނގަޅުކުރުން ހިމެނެއެވެ.
މާލޭ ސިޓީގެ މޭޔަރ، އާދަމް ޢާޒިމް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ މި ފަދަ ތުރާތަކުން މާލޭގެ ރަށްވެހިން ސަލާމަތްކޮށް ހިތް ފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުން ކަމަށާއި، ކަންކަން ޙާސިލް ކުރުމަށް ކައުންސިލްގެ އެންމެހައި މުވައްޒަފުން ގުޅިގެން، ހަލުވި ދުވެލީގައި މަސައްކަތް ކުރުމަށް، އަމާޒު ހިފާފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން