Friday, November 13
ޕީސީބީގެ ރައީސް އަނަސް އަށް ރުހުން ދީފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ، ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރައްޔިތުންގެ މަޖިލީހުން ރުހުން އޮތްކަމަށް ފާސްކޮށްފިއެވެ. އަނަސްއަށް ރުހުން އޮތްކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެންބަރުންގެ ވޯޓުންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް އަނަސް އައްޔަންކުރެއްވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
އެ މަޤާމަށް އޭނާ ޢައްޔަންކުރައްވައ،ި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލ،ަ ދިރާސާކުރެއްވީ މަޖިލީހުގެ އެސްއޯއީ ކޮމިޓީންނެވެ. އެ ކޮމިޓީން ވަނީ އަނަސްއަށް 87 މާސްކްސް ދެއްވައި، އޭނާއަކީ އެ މަޤާމަށް ޤާބީލު ބޭފުޅެއްކަމަށް ނިންމަވާފައެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް، މުޙައްމަދު އަނަސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.

ޕީސީބީއަށް ރައީސަކު އައްޔަންކުރެއްވީ އެމަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް މިދިޔަ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު އެ މަގާމު ވަކިކުރެއްވުމާ ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު